މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ހާސިލު ކުރި ހަތް ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕުގެ ލިޔުން ދީފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަތް ދަރިވަރުންނަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިއަހަރުގެ ރައީސް ދެއްވާ ސްކޮލާޝިޕް ލިބުނީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ފަސް ދަރިވަރަކާއި އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދެ ދަރިވަރަކަށެވެ.
- މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ
- އައިޝަތު ރިސްލާ އުމަރު، ހދ. ކުޅުދުއްފުށީ، ވިނަމާގެ، ސީއެޗްއެސްއީ
- މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ، ދެވެލި، ސީއެޗްއެސްއީ
- ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ
- މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ
- ޔޫސުފް އިނާޝް އިނާޒް، ދަފްތަރު ނަމްބަރު 1651، އަރަބިއްޔާ ސްކޫލު
- އާލާ އަޒްމަތު ޖަމީލް، މއ. ނާރެސް، އަރަބިއްޔާ ސްކޫލު
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކިޔެވުމުގައި މަތީ ސާނަވީ ނިންމުމަކީ އުނގެނުމުގައި އިލްމު ހޯދުމުގެ ފެށުން ކަމަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕްތައް ދެވިގެންދަނީ ވަރަށް މަތީ މަގުސަދެއްގައި ކަމަށެވެ. އެއީ ޒިންމާދާރުކަމާއެކު ގައުމު އާރާސްތުކޮށް ބިނާކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވާނެ އުފެއްދުންތެރި އިލްމީ ދަރިންތަކެއް ބިނާކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑެތި ހޭދަތަކެއް އެބަ ކުރެވޭ. ރާއްޖޭގައި ހުރި މަތީ ތައުލީމު ދޭ ހުރިހާ ތަނަކުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދައުލަތުގެ ހަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސީ މިދިޔަ އަހަރު. އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް މިހާތަނަށް 6250. 130 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ދޫކުރެވޭ ލޯނު އެހީގެ ދަށުން ތަފާތު 24 ގައުމެއްގައި 1480 ދަރިވަރަކު މަތީ ތައުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަ ކުރަމުންގެންދާ ކަމަށެވެ. އަދި ރައީސް ރައީސްގެ ހާއްސަ ސްކޮލާޝިޕްގެ ދަށުން ތަފާތު ހަތް ގައުމެއްގައި 54 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ތަފާތު ހަތް ގައުމެއްގައި 117 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު