ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ތިލަފުށި ކައިރިން ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މުދާ އުފުލާ ދޯންޏެއް ތިލަފުށި ކައިރިން ބަންޑުން ޖަހާލައިގެން އޭގައި ތިބި ތިން މީހުން އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.
ކޯސްޓްގާޑުގެ ލޯންޗެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށާއި އެ ދޯނި ބަންޑުން ޖަހާލާފައިވަނީ ކަނޑު ގަދަވެގެން ދޯނި އެއްފަރާތަށް އަރި އަޅާލައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރި "ސެކިއާ ބޭގް" ދޯނި ބަންޑުން ޖަހާލައިގެން އޭގައި ތިބި ތިން ފަޅުވެރިން "ވިލާ ހަކަތަ" ދޯނިން ނަގާފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:10ގައި ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އިއްޔެ މަސްދޯންޏެއް އަޑިއަށް ގޮސް ނުވަ މީހަކު ކަނޑުވި އިރު، މުދަލާއެކު ކޫއްޑޫ ސަޕްލައި ދޯނި ވެސް އިއްޔެ ވަނީ އަޑިއަށް ގޮސްފައެވެ. އޭގެ އިތުރުން ވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އިއްޔެ ހިނގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު