ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މޮނިޓާކުރުމާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ، މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ މަޝްވަރާކުރައްވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މޮނިޓާކުރުމާ އެކަން އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމާ ބެހޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާއި، ޓްރާންސްޕޯޓް މިިނިސްޓަރު އައިޝަތު ނަހުލާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް މި ބައްދަލުވުމުގެ ތަފުސީލެއް އެ މިނިސްޓްރީން ދީފައެއް ނުވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ބައިލައްކައަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރީން އުޅޭ އިރު، އެ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ގަވައިދުގެ ތެރެއަށް ވެއްދުމަށް ފަހު، ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ އެމީހުންގެ ގައުމަށް ގެންގޮސްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު