ޚަބަރު

ލ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ

ލ. މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ 37 ޕަސެންޓް ނިމިއްޖެ ކަމަށް މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، 27.3 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ އޭޕްރިލް ހަތް ވަނަ ދުވަހު ކަމަށެވެ.

މިހާތަނަށް މަޝްރޫއުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް ނިމިފައިވާއިރު ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ.

މި މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ އިތުރުން ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.