ގުޅުމެއް ނެތް ކޮވިޑް ކޭސްތައް އަދިވެސް ގިނަ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތަކުގެ ޕަސަންޓޭޖް އަދިވެސް ހުރީ މަތީގައި ކަމަށެވެ.
"އީސް ޕީރިއަޑް ފެށުނު އިރުއްސުރެ ފަށައިގެން ޓްރެންޑް ކޮމްޕެއާ ކޮށްލާ ކަމަށްވަންޏާ، މަޑުމަޑުން އަންލިންކް ކޭސަސްތައް ފުރަބަންދަށް ލުއި ދިން ހަފުތާއިން ފަށައިގެން މައްޗަށް ދާ ކަމަށް ފާހަގަކުރެވިފައި މިހުރީ. ނަމަވެސް މީގެ ތިން ހަފުތާ ކުރިއާ އަޅާ ބަލާއިރު އަންލިންކްޑް ކޭސަސް މަދުވެއްޖެ، 40 ޕަސަންޓުން 30 ޕަސަންޓަށް. އެކަމަކު ވެސް އަންލިންކް ކޭސަސްގެ އަދަދު މިހުރީ ފުދޭވަރަކަށް މަތީގައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ފްލޫ ކުލިނިކުތަކަށް ދައްކައިގެން ޓެސްޓުކުރާ ސާމްޕަލްތަކުގެ ތެރެއިން އާންމުކޮށް ޕޮޒިޓިވިޓީ ރޭޓު މީގެ ކުރީ ހަފުތާތަކުގައި އެވްރެޖްކޮށް ބަލާއިރު އުޅެނީ ފަސް ޕަސަންޓުގައި ކަމަށާއި ނަމަވެސް މިދިޔަ ހަފުތާގައި އެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށެވެ.
"ނިމިގެން މިދިޔަ ހަފުތާގައި މި އަދަދު މިވަނީ މައްޗަށް ގޮސްފައި ނުވަ ޕަސަންޓަށް. އަޅުގަނޑުމެންނަށް ވޭތުވެދިޔަ ހަފުތާގައި ފާހަގަކުރެވުނު ފްލޫ ކުލިނިކުތަކަށް ފްލޫގެ ނިޝާންތަކާއެކު ދައްކަން ދާ މީހުންގެ އަދަދު ވެސް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަން." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު