ކޮވިޑުގެ ނަތީޖާ ބެލުމަށް ފުރިހަމަ ޓެސްޓެއް ނެތް ކަމަށާއި ނެގަޓިވް ވިޔަސް ބަލި ނެތެކޭ ނުބުނެވޭނެ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑަށް ނެގަޓިވް ނާތީޖާއެއް ހިފައިގެން އައި ކަމުގައިވިޔަސް، ބަލި ނެތް ކަމަށް ނިންމޭކަށް ނޯންނާނެ ކަމަށެވެ.
"މީގައި އަސްލު ޕާފެކްޓު ޓެސްޓެއް ނެތް. ޕީސީއާރު ޓެސްޓަކީ ވެސް ލިމިޓޭޝަން ހުންނަ ޓެސްޓެއް. އެންޓިބޮޑީ ޓެސްޓަކީ ވެސް ޕާފެކްޓް ޓެސްޓެއް ނޫން. ޕީސީއާރު ނެގަޓިވްވުމަކުން އަދި ހާއްސަކޮށް އޭ ސިމްޓަމެޓިކް މީހެއްގެ ޕީސީއާރު ނެގަޓިވްވުމަކުން ބަލި ނެތެކޭ ވެސް ނުބުނެވޭނެ. ހަމަ އެންޓިބޮޑީ ޓެސްޓަށް ބަލައިލި ނަމަވެސް މިފަދަ ލިމިޓޭޝަންސްތައް ހުރޭ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ފޯމެއް ފުރަން އޮންނަ ކަމަށާއި އެ ފޯމު ފުރުމުން ބަލީގެ އަލާމާތްތައް ހުންނަ މީހުން އަދި 14 ދުވަސްތެރޭ ކޮވިޑަށް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް ކަމުގައިވާނަމަ، ރާއްޖެއަށް ދަތުރުނުކުރުމަށް އިރުޝާދުދެމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ އައިސްފައިވާ 212 މީހުންގެ ތެރެއިން 102 މީހުންނަކީ ފަތުރުވެރިންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު