އީދު ޗުއްޓީގައި ވެސް ޒަރޫރީ ބޭނުމެއްނެތި ރަށްރަށަށް ދަތުރުނުކުރުމަށް ޑރ. އަހުމަދު ޝަހީދު އިލްތިމާސްކުރައްވައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ރަށްރަށަށް ދާން އެދޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.
"ކުރިއަށް އީދުގެ ދުވަސްތައް ވެސް އެބަ އާދޭ. ފާހަގަކުރެވޭ އެބަ ރަށްރަށަށް ދިއުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ މީހުން އެޕްލައި ކުރާކަން. މާނައަކީ މާލެއިން ރަށްރަށަށް ގޮސް، އީދުގެ ތެރޭގައި ފުރަބަންދު ކަރަންޓީނަކަށް އެދަނީ. އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އީދު ޗުއްޓީ ލިބުނު ކަމުގައިވިޔަސް ޒަރޫރީ ބޭނުމެއް ނެތިއްޔާ މާލެއިން ރަށްރަށަށް ދަތުރު ނުކުރުން. އެއީ ވަރަށް އަހައްމިއްޔަތު ކަމެއް ދީގެން ރަށްރަށުގެ އެޕިޑެމިކް ފެތުރުނަ ނުދީ ހިފެހެއްޓޭތޯ އަޅުގަނޑުމެން އެބަ ވަރަށް މަސައްކަތްކުރަން. އެހެންވީމާ ވަކިވަކި ފަރުދުން ވެސް މިގޮތަށް ވިސްނަވަންވާނީ. ސީދާ ޒަރޫރީ ބޭނުމެއް ނެތިއްޔާ ރަށްރަށަށް ދަތުރު ނުކުރުން އެންމެ ރަނގަޅު ގޮތަކީ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ އީދު ޗުއްޓީގައި ރަށަށް ދިޔަ ކަމުގައިވިޔަސް 14 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ޖެހޭނެ ކަމަށާއި އެ ކަރަންޓީނު ނިމުމުގެ ކުރިން މާލެއަށް ނާދެވޭނެ ކަމަށެވެ. އަދި ކަރަންޓީނުގައި ހުންނަ މީހަކަށް ދަތުރުނުކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ދީފައިވާ ލުއިތަކާއެކު ދަތުރުކުރުމުގައި ވަނީ ލުއިތަކެއް ދީފައެވެ. މާލެއިން ރަށްރަށަށް ގޮސް އަމިއްލައަށް އެމީހަކު ހަމަޖައްސާ ވަކި ތަނެއްގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރެވޭ ގޮތަށް މިހާރު ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ބަލި ނެތް ރަށްރަށުން މާލެ އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.
ރަށްރަށުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވާކަން ވެސް ދަނީ ފާހަގަކުރެވެމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު