ކޫއްޑޫ ސަޕްލައި ދޯނި (މެންދޫ 5) މުދަލާއެކު ތ. ބުރުނީ ކައިރި ފަރަކަށް އަރައި އެކަކުގެ ހާލު ބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިިބި މީހުންގެ ތެރެއިން ހާލު ބޮޑުވި މީހަކު ސިއްހީ ފަރުވާއަށް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ލޯންޗުގައި ތ. ވޭމަންޑުއަށް ގެންގޮސްފައިވާ ކަމަށެވެ.
ހާލުބޮޑުވި މީހަކީ އެ ދޯނީގައި ހުރި ހަމައެކަނި ދިވެހި މީހާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެއީ ފިރިހެނެއް ކަމަށާއި އޭނާ ވޭމަންޑުއަށް ގެންދިޔައީ، މިއަދު ހަވީރު 5:15 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންނެވެ.
މީގެ ކުރިން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ހާދިސާގައި އެ ސަޕްލައި ދޯނީގައި ހުރި މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަނީ މިފްކޯއިން ކަމަށެވެ.
މިކަމާ ގުޅޭގޮތުން މިފްކޯގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްގެންވެސް އިތުރު ތަފުސީލެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު