ޖަރުމަނަށް 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަންދުރޭ ޝޫލާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އެ އަހަރު ޖަރުމަނުން ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ ރިއޯ ޑީޖެނީރޯގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފައިނަލު މެޗުގެ އިތުރު ވަގުތުގައި ޝޫލާ ނަގައިދިން ހުރަހަކުން މާރީއޯ ގޮޓްޒޭ ޖެހި ލަނޑުންނެވެ.
އުމުރުން 29 އަހަރުގެ ޝޫލާ އިންސްޓްގަރާމުގައި ކުރި ޕޯސްޓުގައި ބުނީ ކުޅުން ހުއްޓާލަނީ ރަނގަޅަކަށް ކަމަށާއި އޭނާ މިހާރު ހުރީ ދިރިއުޅުމުގެ އެހެން ފުރުސަތުތަކަށް ތައްޔާރުވެގެން ކަމަށެވެ.
ޝޫލާގެ ފަހު އަހަރުތައް ހޭދަ ކުރީ ލޯން ޓްރާންސްފާގައެވެ. އެގޮތުން އޭނާ ވަނީ ލޯން އެއްބަސްވުމުގެ ދަށުން ފުލަހަމް އާއި ސްޕާޓަކް މޮސްކާއަށް ކުޅެފައެވެ.
ޝޫލާ ވަނީ 2013ގައި ޗެލްސީއަށް ސޮއިކޮށް، އެ ކްލަބާއެކު 2015ގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ވުލްފްސްބާގަށް ސޮއިކޮށް، މާގިނަ ދުވަސްތަކެއް ނުވެ، އޭނާ ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ސޮއިކޮށްފައެވެ. އެކްލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ ބާކީ އެއް އަހަރު އޮއްވައި އެ ކުލަބުން ވަނީ ކޮންޓްރެކްޓް އުވާލައިފައެވެ. އޭނާ ވަނީ ދެ އަހަރުތެރޭ ބުންޑަސްލީގާގައި އެ ކްލަބަށް 33 މެޗު ކުޅެދީފައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ