ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 7،000 ފުލެޓް ޕްރޮޖެކްޓް، ފުލެޓަކަށް 52،000 ޑޮލަރުގެ ރޭޓުން ޕްރޮޖެކްޓް ކުރިޔަށް ގެންދަން ހަވާލު ކުރުމަށް އިއުލާން ކުރުމަށްފަހު ޗައިނާގެ ކޮންސްޓްރަކްޝަން އިންޖިނިއަރިން ކުންފުންޏާ އެ ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ، ފުލެޓަކަށް 62000 ޑޮލަރު ޖެހޭ ރޭޓުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ ގައި 7،000 ފުލެޓް ޕްޖޮކްޓާބެހޭގޮތުން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓައި އަސްލަމް ވިދާޅުވީ، 2016 ގެ އޭޕްރީލްގައި އޭރުގެ ސަރުއެ ޕްރޮޖެކްޓް ހަވާލު ކުރުމަށް އިއުލާން ކޮށް ނިންމާފައި އޮތީ، ޔުނިޓެއް 52،000 ޑޮލަރަށްވުރެ ބޮޑޫނޫން ރޭޓުން ހަވާލު ކުރުމަށް ކަމަށެވެ. ނަމަވެސް އެކި އެކި ހައުސިން ޕްރޮޖެކްޓްތައް ހަވާލު ކޮށްފައިވާ ހަ ކުންފުނިތަކުގެ ތެރެއިން 7،000 ފްލެޓް ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ ޔުނިޓެއް 62،000 ޑޮލަރުގެ ރޭޓުން ކަމަށެވެ. އަދި ޗައިނާގެ އެ ކުންފުނި ފިޔަވައި އެލިސްޓުގައި ހިމެނޭ އިތުރު ކުރިހާ ކުންފުންޏަކުން ހުށަހަޅާގައިވަނީ 52،000 ޑޮލަރާއި އެއަށްވުރެ ދަށް އަގުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަނާ ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ކޮމިޓީގައި މިއަދު ވިދާޅުވީ، އެގޮތަށް 10،000 ޑޮލަރު އިތުރުވެފައި ވަނީ އެ އިމާރާތަކީ 25 ބުރީގެ އިމާރާތެއްކަމުން އެއަށް އިތުރު ކަންތައްތަކެއް ހިމަނަން ޖެހޭތީކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.