މާލޭ ސިޓީ ކައުންސިލްގެ ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވަނީ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓް ސެކްޝަންގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފެކެވެ.

އެ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑަށް ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން އެ ސެކްޝަންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގޭގައި އެކަހެރިކޮށް، އެމީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި ފަހުން ޕޮޒިޓިވްވި ތިން މުވައްޒަފުން ޕޮޒިޓިވްވީ އައިސޮލޭޝަންގައި ހުއްޓައެވެ.

މިހާތަނަށް ރާއްޖެ އިން 2801 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 1131 މީހުންނަކީ ދިވެހިންނެވެ. އަދި އެ ބަލީގައި ރާއްޖެއިން 14 މީހުން ވަނީ މަރުވެފައެވެ.