ށ. ފީވަކު ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް ނަގަންޖެހޭ ރުއްގަސް ނަގައި، އެ ރުއްގަސް ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓު ސަރަހައްދުގައި އިންދައިފި އެވެ.
މި މަސައްކަތްތައް ކޮށްފައި ވަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ރުއްގަސް އެއްރަށުން އަނެއް ރަށަށް ގެންގޮސްފައިވަނީ ޕްލޭނިންގް މިނިސްޓްރީ އަދި އީޕީއޭގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
ޕްލޭނިންގް މިނިސްޓްރީން މިދިޔަ އަހަރުގެ ޖުލައި މަހު އެމްޓީސީސީއާ ހަވާލު ކުރި ފީވަކު ބަނދަރު ހެދުމުގެ މަޝްރޫއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މީގެ އިތުރުން ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެގޮތުން މި އެއާޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް މީގެ ކުރިން އެމްޓީސީސީން ބުނެފައި ވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި