ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ %59 މިހާރު ވަނީ ނިމިފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިޔަށް ގެންދަނީ މަގުގައި ހުރި ގާތައް ނެގުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި ސަބް ގްރޭޑިންގް މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ ދަށުން ފޮނަދޫ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި މަސައްކަތުގެ ދަށުން ފޮނަދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި ޕްރޮޖެކްޓު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވިފައި ނުވާތީ މިދިޔަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އާ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި