ރަޝިޔާ އިން އުފެއްދި ކޮވިޑް ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާތައް ނިމިފައިވާ ކަމަށާއި އަންނަމަހުގެ މެދުތެރޭ ލޯންޗުކުރާނެ އެގައުމުން ބުނެފިއެވެ.
މޮސްކޯގައި ހުންނަ މެޑިކަލް ޔުނިވާސިޓީން އުފެއްދި ދުނިޔޭގެ އެންމެ ފުރަތަމަ ކޮވިޑް ވެކްސިންގެ ކްލިނިކަލް ތަހުލީލުތައް ނިމިފައިވާ ކަމަށާއި އިންސާނުންގެ ގަޔަށް ޖަހައިގެން ހަދާ ޓެސްޓުތައްވެސް ނިމިފައިވާ ކަމަށް އެ ޔުނިވާސިޓީން މައުލޫމާތު ދީފައިވެއެވެ.
މި ވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު އެލެގްޒެންޑާ ޖިންޓްބާގް ވިދާޅުވީ އާންމުންގެ ތެރެއަށް މި ވެކްސިން ލޯންޗުކުރާނީ އަންނަމަހުގެ މެދުތެރޭ ކަމަށާއި ވެކްސިންގެ ޕްރޮޑަކްޝަން އެ ހިސާބުން ފެށޭނެ ކަމަށެވެ.
ވެކްސިން ތައްޔާރު ކުރުމުގައި ހަރަކާތްތެރިވި ޓީމުން ވަނީ މިއީ ކާމިޔާބު މަސައްކަތެއް ކަމަށާއި ރައްކާތެރިކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައެވެ.
ވެކްސިން ޓެސްޓު ކުރުމަށް ބައިވެރިވި ވޮލެންޓިއަރުން ދެބަޔަކަށް ބަހާލައިގެން މި ހަފުތާތެރޭ ޑިސްޗާޖު ކުރުމަށް ވަނީ ނިންމައިފައެވެ. އަދި އިތުރު ހަ މަސްދުވަހުގެ މުއްދަތަކަށް މި މީހުންގެ ކަންކަން މޮނިޓާކުރުމަށް ވަނީ ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ