ރާއްޖޭގައި ރިސޯޓުތައް ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ކޮވިޑަށް ޓެސްޓުކުރެވޭ ލެބޯޓަރީ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ސޮނެވާ ގްރޫޕުގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓު ކުރެވޭނެ ސެންޓަރެއް ގާއިމުކުރީ ސޮނެވާގެ ހަރަދުގައެވެ. އެ ލެބަށް ބޭނުންވާ ޕީސީއާރު މެޝިނާއި އެއްޗެހި ހޯދުމާއި ޓެކްނިކަލް ކޮންސަލްޓެންޓް ދިނުމަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއަށެވެ. އިންސްޓޯލްކޮށް ހުރިހާ ކަމެއް ނިންމަން 30 ދުވަސް ނެގި ކަމަށް އޭޑީކޭއިން ބުންޏެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގާ މާފަރު އެއާޕޯޓަކީ މިމަހު މަހު ރާއްޖެ އަލުން ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ތައްޔާރުވާ އެއް އެއާޕޯޓެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު މީގެ ކުރިން "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި މާފަރު އެއާޕޯޓަށް ރާއްޖެ ގެނައި ޕީސީއާރު މެޝިނަކީ މިހާރު އޭޑީކޭގައި ހުރި ވައްތަރުގެ މެޝިނެއް ކަމަށެވެ. އަދި އެ މެޝިނުން ވެސް ދުވާލަކަށް 500 ކޮވިޑް ޓެސްޓު ހެދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު