މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔޫއެފާއިން އެޅި ފިޔަވަޅު ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން މިއަދު ބާތިލު ކޮށްފި އެވެ.
ކުރިޔަށް އޮތް ދެ ސީޒަންގައި ޔޫރަޕްގެ އެއްވެސް މުބަރާތެއްގައި ވާދަ ނުކުރެވޭ ގޮތަށް މިދިޔަ އަހަރު ޔޫއެފާއިން އެޅި ފިޔަވަޅު ބާތިލުރުކުރުމުގެ އިތުރުން އަދި އެ ޓީމުގެ މައްޗަށް ކުރި 30 މިލިއަން ޔޫރޯގެ ޖޫރިމަނާ ވެސް، ކޯޓުން ވަނީ 10 މިލިއަން ޔޫރޯ އަށް ކުޑަ ކޮށްފަ އެވެ.
ޔޫއެފާއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފިޔަވަޅު އެޅީ، ޔޫރަޕްގެ ފައިނޭންޝިއަލް ފެއާޕްލޭ އާ ހިލާފަށް މެންޗެސްޓާ ސިޓީން ހަރަދު ކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށް ބުނެއެވެ. ނަމަވެސް އޭރުވެސް ސިޓީން ބުނެފައި ވަނީ ޔޫއެފާގެ ނިންމުން ނިންމާފައި ވަނީ އެކަށިގެންވާ ހެއްކެއް ނެތި ވަކި ކޮޅަކަށް ބުރަ ވެގެން ތިބެ ކަމަށެވެ.
ޔޫއެފާގެ ކުލަބު ފައިނޭންޝިއަލް ކޮންޓްރޯލުން ބޮޑީ (ސީއެފްސީބީ) އިން މައްސަލަ ބަލަން ފެށީ ޖަރުމަންގެ މަޖައްލާ ޑާ ސްޕީގަލްއިން ނޮވެމްބަރު 2018 ގައި އާންމު ކުރި މައުލޫމާތާ ގުޅިގެންނެވެ.
އީމެއިލްތަކެއްގެ ކޮޕީ ހާމަ ކުރަމުން ޑާސްޕީގަލްއިން ބުނެފައި ވަނީ މެންޗެސްޓާ ސިޓީގެ އޮފިޝަލް ސްޕޮންސަރު ކަމަށް އިއްތިހާދު އެއާލައިނާއެކު ވެފައިވާ 67.5 މިލއަން ޕައުންޑްގެ ފައިސާގެ ބޮޑު ބައެއް ދައްކަނީ ސިޓީގެ ވެރިޔާ ޝައިހް މަންސޫރު ބިން ޒިޔާދު އަލް ނަހްޔާންގެ ކުންފުނިން ކަމަށެވެ.
ނަމަވެސް އަރަބި އެމިރޭޓްސްގް ވެރިކަން ކުރާ ޝާހީ އާއިލާއަށް ނިސްބަތްވާ ނަހްޔާން ވިދާޅުވަމުން ދިޔައީ ގަވާއިދާ ހިލާފަށް ސިޓީއަށް ފައިސާ ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދޭ ކަމަށެވެ.
އެތުހުމަތުގައި ބުނެފައިވަނީ އިއްތިހާދު އެއާލައިނުން ސްޕޮންސާޝިޕްގެ ދަށުން 2015-16 ސީޒަން ގައި ދީފައި ވަނީ އަށް މިލިއަން ޕައުންޑް ކަމަށާއި ސްޕޮންސާޝިޕްގެ ބާކީ ދީފައި ވަނީ ނަހްޔާންގެ އާއިލީ ކުންފުނި، އަބޫދާބީ ޔުނައިޓެޑް ގުރޫޕުން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު