އަމާޒަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން މިއަހަރު އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ގަވާއިދާހުިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލާއަށް ކުއްލި މައްސަލައެއްް ހުށަހަޅައި ބަހުސް ކުރަމުން ދަނިކޮށް އެެޖެންޑާގެ ބޭރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރަށް ދެއްވި ފުރުސަތުގައި ބިދޭސީންގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުންގެ 95 ޕަސެންޓަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންކަން ފާހަގަ ވާ ކަމަށެވެ. އެގޮތުން އެ އަދަދު 80،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ލަފާ ކުރެއްވޭކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޕިޗޯރީން ފޮނުވި ގޮތަށް ކަނޑު ބޯޓަކަށް ލައި އެމީހުން ނުފޮނުވޭނެ ކަމަށެވެ.
"ބައިނަލް އަގުވާމީ އޮބްލިގޭޝަންތައް އެބަހުރި އަޅުގަނޑުމެންގެ މައްޗަށް އަޅުގަނޑުމެން މި ހުރިހާ ސަކަރާތެއް ޖަހައިފައި، އެހެން ގައުމެއްގެ މައްޗަކަށް ހަމަ އެހެން ހެދޭކަށް ނޯންނާނެ ކިތަންމެ އެކަން ބޭނުންވިޔަސް، އިންޓަނޭޝަނަލީ އޮތް ގުޅުންތަކާއި މީގެތެރޭން މިކަން މިކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެގޮތުން ކުރި މަސައްކަތުގެ ސަބަބުން ހަތަރުހާސް ބިދޭސީން ފޮނުވާލެވުނީ ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. ގަދަކަމުން ފޮނުވަން އުޅޭނަމަ އެކަމަށް ބޭނުންވާ ޑޮކިއުމެންޓް ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިހާތަނަށް ފޮނުވާލި 4،000 މީހުންގެ ތެރޭގައި ގަވާއިދާ ހިލާފު 2،800 ބިދޭސީން ހިމެނޭކަމަށެވެ. އެކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް އެކަން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް