ސިންގަޕޫރުގެ އާންމު އިންތިހާބު އެގައުމުގެ ވެރިކަން ކުރާ ޕާޓީން ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޮޑުވަޒީރު ލީ ސިއެން ލޫންގް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
ސިންގަޕޫރުގެ އާންމު އިންތިހާބު ކުރެއްވުމާ ގުޅިގެން ރައީސް ވަނީ ބޮޑުވަޒީރު ލީ ސިއެން ލޫންގް އަދި ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ގެ މެންބަރުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި ވިދާޅުވީ ލީ ސިއެން ލޫންގްގެ ލީޑާޝިޕްގެ ދަށުން ދެގައުމުގެ ގުޅުން ކުރިއެކޭ އެއްގޮތަށް އިތުރަށް ބަދަހިވެގެންދާނެ ކަމާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ހުކުރު ދުވަހު ބޭއްވި އާންމު އިންތިހާބު ސިންގަޕޫރުގެ ޕީއޭޕީ އިން ކާމިޔާބުކޮށްފައިވަނީ %61.2 ވޯޓުންނެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 83 ގޮނޑިއެވެ.
ސިންގަޕޫރުގެ ޕީޕަލްސް އެކްޝަން ޕާޓީން އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އެޕާޓީއަށް ވަނީ ތާއީދު ދަށް ވެފައެވެ. 2015 ވަނަ އަހަރު އެގައުމުގައި ބޭއްވި އިންތިހާބުގައި %70 ގެ ކާމިޔާބީއެއް ހޯދި ނަމަވެސް މި އިންތިހާބުގައި %61.2 ވޯޓު ލިބުމުން ސަރުކާރަށް ކުރާ ތާއީދު ދަށްވާކަން ވަނީ ފާހަގަކުރެވިފައެވެ.
ސިންގަޕޫރުގެ އިދިކޮޅު ވޯކާސް ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 10 ގޮނޑި ކާމިޔާބު ކޮށްފައެވެ.
ޕީއޭޕީގެ ކާމިޔާބީއާއެކު ބޮޑުވަޒީރު ލީ ސިއެން ލޫންގަށް ވަނީ އިތުރު ދައުރެއް ލިބިވަޑައިގެންފައެވެ. ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ ދަރިކަލުން ލީ ގެންދަވަނީ 2004 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ވެރިކަން ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު