ނުރައްކާތެރި ކޯވިޑް 19 ވައިރަހަށް މަޝްހޫރު ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ ފެތުރި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ރަންބީރުގެ ދައްތަ ރިދިމީ ކަޕޫރު ސަހްނީ ބުނެފިއެވެ.
ކޯވިޑް 19 އަށް އަމީތާބު ބަޗަން އަދި އަބީޝެކް ބަޗަން ޕޮޒިޓިވްވުމާއި ގުޅިގެން، ރަންބީރު ވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާގައި ހަބަރުތަކެއް ފަތުރައިފައެވެ.
ރަންބީރަށް ކޯވިޑް ޖެހިފައިވާ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓުވީޓަކަށް ރައްދުދެމުން ރިދިމާ ބުނީ، އެކަހަލަ ދޮގު ވާހަކަ ފަތުރަނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށެވެ. ހަބަރުތައް ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ކަަށަވަރު ކުރުމަށް ރިދިމާ އެދިފައި ވެއެވެ. ރިދިމާ ބުނީ އެމީހުން ތިބީ ދުޅަހެޔޮ ސިއްހަތެއްގައި ކަމަށެވެ.
ރޭގެ ވަގުތެއްގައި ކޯވިޑް 19 އަށް އަމީތާބު އަދި ދަރިފުޅު އަބީޝެކް ޕޮޒިޓިވްވެގެން ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ. އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އާރަދުޔާ ބައްޔަށް ޕޮޒިޓިވްތޯ ބެލުމަށް ވަނީ ޓެސްޓް ހަދައިފައެވެ. އަދި ނަތީޖާ ނުލިބެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން