ތަމަޅަ ސުޕަސްޓާ ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ދަރްމަން"ގެ ކާސްޓާ އެކްޓްރެސް ސްރީލީލާ ގުޅިއްޖެއެވެ. މި ފިލްމު އުފައްދާ ރާޖް ކަމަލް ފިލްމްސް އިންޓަނޭޝަނަލް (އާރްކޭއެފްއައި) އިން އިއްޔެ އެކްސްގައި ލިޔެފައިވާ ޕޯސްޓެއްގައި، ހާއްސަ ވީޑިއޯއަކާއެކު އޭނާއަށް މަރުހަބާ ކިޔައި އެކަން ރަސްމީކޮށް އިއުލާންކޮށްފައިވެއެވެ. އަދި މި ފިލްމުގައި ބައިވެރިވާކަން ސްރީލީލާ ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން އިއްޔެ ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިއީ ރަޖްނީކާންތާއެކު ސްރީލީލާ މަސައްކަތްކުރާ ފުރަތަމަ ފިލްމުކަން ރަސްމީ ބަޔާންތަކުން ކަށަވަރުވާކަށް ނެތެވެ.
ސްރީލީލާ މި ފިލްމާ ގުޅިފައިވަނީ، އެކްޓްރެސް ނަޔަންތާރާ ވެސް މި ޕްރޮޖެކްޓުގައި ހިމެނޭކަން އޮކްޓޫބަރު 25 ގައި އާރްކޭއެފްއައި އިން ޕޯސްޓަރަކާއެކު އިއުލާންކޮށްފައި ވަނިކޮށެވެ. ޕްރޮޑަކްޝަން ކުންފުނިން ނެރުނު ބަޔާނުގައިވާ ގޮތުން، ކަމަލް ހާސަން އާއި އާރް. މަހެންދުރަން ޕްރޮޑިއުސްކުރާ މި އެކްޝަން ތުރިލާ ޑައިރެކްޓްކުރަނީ އަޝްވަތު މަރިމުތުއެވެ. އަދި އަނިރުދު ރަވިޗަންދަރު މިއުޒިކް ތައްޔާރުކޮށްދޭ މި ފިލްމުގެ މުހިންމު ރޯލުތަކުން ސިމްރަން އާއި ރާޝީ ކަންނާ ވެސް ފެނިގެންދާނެއެވެ.
ފިލްމުގެ ވާހަކައާއި ރޯލުތަކާ ގުޅޭ ރަސްމީ ތަފުސީލުތައް އަދި އާންމުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ސްރީލީލާ މިހާރު ފިލްމުގެ ޝޫޓިން ފަށާފައިވާ ކަމަށާއި، މީގައި ރަޖްނީކާންތު ފެނިގެންދާނީ ޑޮކްޓަރެއްގެ ރޯލުން ކަމަށް ތެލިނގޫ ސިނަމާއިން އިއްޔެ ރިޕޯޓުކޮށްފައިވެއެވެ. މިއަހަރުގެ ކުރީކޮޅު ޝޫޓިން ފެށި މި ފިލްމު ސިނަމާތަކަށް އަންނާނެ ރަސްމީ ތާރީހެއް އުފެއްދުންތެރިން އަދި އިއުލާންކޮށްފައެއް ނުވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް