ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ގިނަ ބަޔަކަށް ކަމުގޮސްފައި އޮންނަނީ އޭނާ ގެނެސްދޭ ފުލުހުންނާއި ގުޅުން ހުންނަ ފިލްމުތަކުންނެވެ. އިންޑިއާގައި ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މިދުވަސްވަރުގައި ބޮލީވުޑްގެ ގިނަ ތަރިން ވަނީ އެކި ދާއިރާތަކަށް ފައިސާގެ އެހީއާއި އެހެނިހެން އެހީތައް ވެދީފައެވެ.

އެގޮތުން ރޯހިތު ޝެޓީވެސް އަންނަނީ ކޯވިޑް 19 އާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ފުލުހުންނަށް ދީލަތި އެހީތަކެއް ވަމުންނެވެ. އެގޮތުން ރޯހިތު ވަނީފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުން ތިބުމަށް ކާކީގައި 11 ހޮޓަލެއް ހަމަޖައްސައިދީފައެވެ.

ރޯހިތު ފުލުހުންނަށް ވަމުން އަންނަ އެހީ ފާހަގަކޮށް މުމްބާއީގެ ކޮމިޝަނަރު އޮފް ޕޮލިސް ވަނީ އޭނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން ރޯހިތު އަށް ޝުކުރު އަދާކުރެއްވުމަށް ކޮމިޝަނަރު އޮފް ޕޮލިސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ކޯވިޑް 19 އިންޑިއާގައި ފެތުރެން ފެށުނީއްސުރެ ރޯހިތު ފުލުހުންނަށް ވަމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރޯހިތު ޝެޓީގެ ގިނަ ފިލްމުތަކަކީ ފުލުހުންނާ ގުޅޭ އެކްޝަން ފިލްމުތަކެވެ. އެގޮތުން އޭނާ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ ސޫރިޔަވަންޝީއެވެ.