މާލެއިން 32 އަހަރުގެ އަންހެނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ އުމުރުން 32 އަހަރުގެ އަންހެނަކު ގެއްލިގެން އާއިލާގެ ފަރާތުން މިއަދު ހެނދުނު 9:48 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ސީސީޓީވީ ކެމެރާތަކުގެ އެހީއާއި އެހެނިހެން ގޮތްގޮތުން ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން މާލެއާއި ހުޅުމާލޭގައި އޭނާ އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އާއިލާގެ އެދުމުގެ މަތިން ގެއްލިގެން ހޯދަމުން އަންނަ އަންހެން މީހާއާ ބެހޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު