މާލެއިން އއ. ތޮއްޑުއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި ކުޑަކުއްޖަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުބާރު ހިފޭ މަސްދަރަކުން ވަނީ "ވަން"އަށް މިކަން ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްވެފައިވަނީ މާލެ އިން އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީން ހަމަވުމުން ނެގި ސާމްޕަލުންނެވެ.

އެ ކުއްޖާއަކީ ތޮއްޑޫ ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖެއެވެ.

އެ ކުއްޖާއާއެކު އިތުރު ހަތަރު މީހުން މާލެ އިން އެ ރަށަށް ގޮސް އެއް ގެއެއްގައި ކަރަންޓީންވެފައިވާ އިރު، އެކުއްޖާ ފިޔަވައި އެހެން އެންމެންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ތޮއްޑޫގެ އިތުރުން އިއްޔެ ވަނީ ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.