އަލް މަސްޖިދުލް އަލީ ހުސައިން (މާވެޔޮ މިސްކިތް) މިއަދު ހުޅުވައިފި އެވެ.
މިއަދު އަސުރު ނަމާދަށް އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ވަޒީރު އުމަރު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާވެޔޮ މަގުގައި، ކުރީގައި ހުރި މިސްކިތް ތަޅާލުމަށްފަހު އިމާރާތް ކޮށްފައިވާ ހަތް ބުރީގެ މި މިސްކިތް ފަރުމާކޮށް އަދި އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް، ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހުއެވެ. މިސްކިތުގެ ކޮންޓްރެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވީ ޖަނާހުގެ އެޗްއާރުސީ ކުންފުނިންނެވެ.
މި މިސްކިތަކީ ޖަނާހު، އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކުރެއްވި މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ނަންވެސް ހާއްސަކޮށްފައިވަނީ އޭނާގެ ބައްޕަގެ ނަމަށެވެ.
އެއްކޮށް އެއާކޮންޑިޝަން ކޮށްފައިވާ މާވެޔޮ މިސްކިތަކީ މިހާރު މާލޭގައި ހުރި އެންމެ ރީތި އެއް މިސްކިތެވެ.
އަންހެނުންނަށްވެސް ނަމާދުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެ މިސްކިތުގައި އެއްފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މުޅި މިސްކިތުގައި ވަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު