ފުރަބަންދާ ގުޅިގެން އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިއްބައި ފިލާފައިވާ އަށް ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ އެމީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަޔަކު ކަމަށާއި އެމީހުން ކަރަންޓީނު ފެސިލިޓީތަކުން ފިލާފައިވަނީ އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. އެމީހުން ފިލި މައްސަލަ ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

  • މުހައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަންގުލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260).
  • އަލާމީން، ބަރަހަމަންބަރިއާ، ބަންގުލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483).
  • އެމް.ޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަންގުލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835).
  • މުޙައްމަދު ފަޒުލުލް ހައްޤު، ކޮމިއްލާ، ބަންގުލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060).
  • މުޙައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަންގުލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254).
  • މުޙައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަންގުލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822).
  • މުޙައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގުލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779).
  • ބިލާލް ހާން، ގާޒީޕޫރު، ބަންގުލަދޭޝް. (ޕާސްޕޯޓް ނަންބަރު: B0279141).

ފުލުހުން ބުނީ އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރަން އެދޭ ކަމަށެވެ.