ތިން މަސް ދުވަހަށް ފަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރަން ނިންމުމާއެކު މިއަދު ވަނީ އެތައް ބަޔަކު މިސްކިތްތަކަށް ހުކުރު ނަމާދު ކުރަން ގޮސްފައެވެ.
މާލޭގައި ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދުކަނޑާލީ، މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެންނެވެ.
މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންގައި ހިފަހައްޓާފައި އޮތް ކަންކަމަށް ލުއިތަކެއް ދިނުމުގެ ތިންވަނަ މަރުހަލާގެ ދަށުން މިމަހު އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު މާލޭގައި ހުކުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އޭރު ނެރުނު ނޫސްބަޔާނުގައި ބުނީ ޖަމާއަތުގައި ނަމާދު ކުރަން ފެށި ނަމަވެސް ހުކުރު ނަމާދު ނުކުރުމަށް ނިންމީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު