ރޯލާ ކޯސްޓާ ދުއްވާއިރު ކޮވިޑް ފެތުރުން ހުއްޓުވުމަށް ހަޅޭއްނުލެވުމަށް އަންގައިފިއެވެ.
ޖަޕާނުގެ ޓޯކިޔޯ ކައިރި ހިސާބެއްގައި އޮންނަ ފުޖީ-ކިއު ހައިލޭންޑް ތީމް ޕާކު ގިނަ ދުވަސްތަކަކަށް ފަހު ހުޅުވާލާފައިވާއިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
ފުޖީ-ކިއު ހައިލޭންޑް ތީމް ޕާކުން ވަނީ އެޕާކުގެ ރޯލާ ކޯސްޓާ ގައި ދުއްވާއިރު ހަޅޭއް ނުލަވަން އަންގައިފައެވެ. މިހެން އިރުޝާދު ދީފައިވަނީ ހަޅޭއްލެވުމުގެ ތެރޭގައި ކުޅު ބޭރުވެ ކޮވިޑްގެ ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެތީއެވެ.
އެޕާކުން ވަނީ ހަޅޭއްލަވާ މީހުން ހިތުން ހަޅޭއްލެވުމަށް ވެސް އަންގައިފައެވެ.
ފުޖީ-ކިއު ހައިލޭންޑް ތީމް ޕާކުން ވަނީ މިކަން ތަފާތު ގޮތެއްގައި ކުރުމަށް ޗެލެންޖެއްވެސް ފަށައިފައެވެ. އެގޮތުން ރޯލާ ކޯސްޓާގައި ދަތުރުކުރާއިރު ސީރިއަސް ފޭސް ފެންނަ ފޮޓޯ ޝޭއާ ކޮށް ހޭޝްޓެގް ބޭނުންކޮށްގެން ޗެލެންޖުގައި ބައިވެރިވެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.
މިމަހުގެ 17 އާ ހަމަޔަށް ކުރިޔަށް ގެންދާ މިޗެލެންޖުގައި ގިނަބަޔަކު ވަނީ ބައިވެރިވެ އެމީހުންގެ ތަޖުރިބާ ހިއްސާކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ