ޓާކިޝް އެއާލައިން މެދުވެރިކޮށް ރާއްޖެއިން ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓްކޮށްފި އެވެ.
އެމްއޭސީއެލް އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖޫން 30 ގައި ގާއިމު ކުރި ރެކޯޑު މުގުރާލައި، އިއްޔެ ވަނީ މިހާތަނަށް އެއް ފަހަރާ އެންމެ ގިނައިން އެއް ފްލައިޓެއްގައި ރާއްޖެއިން އެކްސްޕޯޓު ކުރި ތަކެތި ޓާކިޝް އެއާލައިން މެދުވެރިކޯށް ފޮނުވާލާފައި ކަމަށެވެ.
އެގޮތުން ޖޫން 30ގައި އެއްފަހަރާ 32.2 ޓަނުގެ ފިނި ކުރި މަސް އަދި އެއް ޓަނުގެ ލައިވް ފިޝް، އަދި 1.2 ޓަނުގެ ޗިލްޑް ގްރޫޕާސް އާއެކު ޖުމުލަ 34.4 ޓަނުގެ ކާގޯ ޔޫރަޕުގެ އެކި ހިސާބަށް އެކްސްޕޯޓު ކުރި ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައި ވެއެވެ. އެފަހަރުވެސް މުދާ އެކްސްޕޮޓު ކޮށްފައިވަނީ ޓާކިޝް އެއާލައިންގެ އެހީތެރިކަމާ އެކުއެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި ރޭގެ ފްލައިޓުގައި 35.5 ޓަނުގެ ފްރެޝް ޗިލްޑް މަސް އަދި 1.1 ޓަނުގެ ލައިވް ފިޝް އެކްސްޕޯޓު ކޮށްފައި ވެއެވެ. އެއީ ޖުމުލަ 36.4 ޓަނުގެ މަސް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މި މަސް އެކްސްޕޯޓު ކުރަނީ ޔޫރަޕުގެ ހަތް ސަރަހައްދަކަށް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
ކޮވިޑް 19 އަށްފަހު ދިިމާވި އިގްތިސާދީ އަޑިގަނޑަށްފަހު އެންމެ ފުރަތަމަ ރާއްޖެއިން ރެކޯޑު އަދަދަކަށް މަސް އެކްސްޕޯޓު ކޮށްފައިވަނީ ސްރީލަންކަން އެއާލައިން މެދުވެރިކޮށެވެ. އެއީ ޔޫރަޕަށް އެކްސްޕޯޓު ކުރި 8.3 ޓަނުގެ ފިނިކުރި މަހެވެ.