ރައްޔިތުންގެ މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ ކަމަށާއި، ނަމަވެސް މަޖިލިސް މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަވެސް ގަރާރަކުން މަޖިލީހުގައި ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން، ލޯކަލް ގަވާމަންޓް އޮތޯރިޓީ އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވެވުމުން، ނިޒާމީ މައްސަލަ ފުރަތަމަ ނެންގެވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސު އަލީ އެވެ. ނިޒާމީ މައްސަލަ ނަންގަވައި މެންބަރު ޔޫނުސް ވިދާޅުވީ، އެ ގަރާރަކީ، ގާނޫނާ ހިލާފު ގަރާރެއް ކަމަށާއި، އެހެންކަމުން އެ ގަރާރު މަޖިލީހަށް ބަލައި ގަނެވިގެން ނުވާނެ ކަމަށެވެ.
ހަމައެއާއެކު މަރަދޫ ރާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވެސް ނިޒާމީ މައްސަލަ ނަންގަވައި ހަމަ އެގޮތަށް، އެއީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ އެކަމަށް ގޮތެއް ކަނޑައެޅުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެއާއެކު ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ގާނޫނުއަސާސީގައި އޮންނަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު ވާހަކަ ދެއްކޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ދެން އޮންނަނީ ލާމަރުކަޒީ ނިޒާމުން ގައުމު ހިންގާ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ގަރާރުގައި ވާ ކަންތައްތަކަކީ ގަބޫލު ނުކުރެވޭ ކަމަކަށް ވާނަމަ އެއީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ބަލަން ނުޖެހޭ ކަމަށާއި ޖާބިރުގެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީ އުވާލުމުގެ ވާހަކަވެސް މަޖިލީހަށް ހުށަހަޅައިގެން ދެއްކޭނެ ކަމަށެވެ.
މި މަޖިލީހުގައި ގަރާރަކުން ނުދެކޭނެ ހަމައެކަނި ވާހަކަ އަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާ ވާހަކަ ކަމަށާއި، "މި މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ އިއްޒަތްތެރި މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަވެސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް