އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެޗުން ލެސްޓާ ސިޓީ އާއި އާސެނަލް ބައްދަލު ކުރި މެޗުން 1-1 ގެ ނަތީޖާ އަކުން އެއްވަރު ވުމުން ތާވަލުގެ ތިން ވަނަ މަގާމު ލެސްޓާ އަށް ގެއްލިއްޖެއެވެ.
ރޭގެ މެޗް ޑޮމިނޭޓް ކޮށްގެން ކުޅުނީ އާސެނަލް އިންނެވެ. އެޓީމުން ވަނީ މެޗް 21 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބުކަޔޯ ސަކާގެ އެހީތެރިކަމާއި އެކު ޕިޔާރް އެމްރިކް އޮބަމަޔަންގް އެވެ. ފުރަތަމަ ގޯލަށްފަހު، ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އާސެނަލުން އުފެއްދި ނަމަވެސް ލެސްޓާގެ ގޯލަށް ބޯޅަ ވައްދައިލެވޭ ވަރެއް ނުވިއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން އާސެނަލް ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފްގެ 74 ވަނަ މިނެޓުގައި ނުރައްކާތެރި ކުޅުމެއް ކުޅެގެން އާސެނަލްގެ އެޑްވާޑް ކެޓިއާއަށް ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު އާސެނަލް އިން 10 ކުޅުންތެރިންނާއި އެކު ކުޅުމުގެ ފައިދާ ނަގައި މެޗް ނިމެން ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ލެސްޓާއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލެސްޓާ ބަލި ނުވެ ސަލާމަތް ކޮށްދިން ލަނޑު މެޗްގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖެމީ ވާޑީ އެވެ.
މި ނަތީޖާ އާ އެކު ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ވަނީ ހަތަރުވަނަ އަށް ވެއްޓިފައެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު ލީގު ހޯދާފައިވާ ލިވަޕޫލްގެ ފަހަތުން ދެވަނަ 33 މެޗުން 66 ޕޮއިންޓާއި އެކު މެސްޗެސްޓާ ސިޓީން ހޯދާފައިވާއިރު، ރޭގެ މެޗުން މޮޅުވެ ޗެލްސީ ތިންވަނައިގައި އޮތީ 34 މެޗް ކުޅެ 60 ޕޮއިންޓާއި އެކު އެވެ. ރޭ އާސެނަލް އަތުން އެއްވަރު ވި ލެސްޓާ ސިޓީ 34 މެޗުން 59 ޕޮއިންޓާއި އެކު އެޓީމުވަނީ ތާވަލުގެ ތިންވަނަ އަށް ވެއްޓިފައެވެ. މެންޗެސްޓާ ޔުނައިޓެޑް ފަސްވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓާއި އެކު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު