ކޮވިޑް 19 އަށްފަހު މިމަހު 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުން، އެންމެ ގޯސް ހާލަތުގައި 10،595 ފަތުރުވެރިން، އަދި އެންމެ ރަނގަޅު ހާލަތުގައި 98،169 ފަތުރުވެރިން މިމަހު ރާއްޖެ އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީން ކުރި ދިރާސާއިން ދައްކައިފިއެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތާ ބެހޭގޮތުން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން "ކޮވިޑް 19 ގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް މަތި ވެފައިވާ ޖަދަލުތަކުގެ ނަމުގައި ނެރެފައިވާ މި ދިރާސާގައި ވާ ގޮތުން، އެންމެ ގޯސް ހާލަތުގައި ރާއްޖެޔަށް މިއަހަރު 450،134 އަދި ރަނގަޅު ހާލަތުގައި 1،007،014 ފަތުރުވެރިން އަންނާނެ ކަމަށްވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.
އެ ދިރާސާއިން ދައްކާގޮތުގައި، އަންނަ އޯގަސްޓްމަހު، އެންމެ ގޯސް ހާލާތުގައި 11،172 އަދި އެންމެ ރަނގަޅު ހާލަތުގައި 103،513 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ އެވެ.
ނަމަވެސް ސެޕްޓެމްބަރު މަހު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހު އެންމެ ގޯސް ހާލަތުގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފައިވަނީ 9،430 ފަތުރުވެރިންނެވެ.އެންމެ ރަނގަޅު ހާލާތުގައި 87،378 ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
އެހެން ނަމަވެސް އަންނަ އޮކްޓޫބަރު މަހު، ފަތުރުވެރިކަން ރަނގަޅުވެ އެންމެ ގޯސް ހާލާތުގައި 11،379 ފަތުރުވެރިން، އެންމެ ގޯސް ހާލަތުގައި 105،437 ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ނޮވެމްބަރު ގޯސް ހާލަތުގައި 11،058 ރަނގަޅު ހާލަތުގައި 102،461 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށް ވަނީ ބުނެފައެވެ.
ޑިސެމްބަރު އެންމެ ގޯސް ހާލާތުގައި 13،738 ފަތުރުވެރިން އެންމެ ރަނަގު ހާލަތުގައި 127،293 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
ސާވޭގައި ބައިވެރިވި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރި ތަކުން ބުނެފައިވާ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އެވްރެޖު އާމްދަނީއަކީ 4.1 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މިއީ އެ ފަރާތްތަކަށް މިދިޔަ އަހަރު ލިބުނު އާމްދަނީއަށްވުރެ 25 ޕަސެންޓް ދަށްވުމެކެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް