ދަމަނަވެށިން ނާސިން ޗާޖު ނެގުން ހުއްޓާލުމަށް ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަމަނަވެށީގެ ފަރާތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސީނިއީ އެގްޒެކެޓިވް ޑިރެކްޓަރު ޝަހުރާބު އަބްދުﷲ ވިދާޅުވީ، ޒަމާނުއްސުރެ ދަމަނަވެށިން ކޮންމެ އޮޕްޝަނަލް ވެކްސިނަކާ އެއްކޮށް އެ ވެކްސިން ޖެހުމުގެ ޗާޖެއްގެ ގޮތުން ދިވެހިންގެ އަތުން 10ރ އަދި ބިދޭސީންގެ އަތުން 20ރ ނަގަމުން އައި ކަމަށާއި ނަމަވެސް އެ ޗާޖު ނެގުން ހުއްޓާލަން އެދިފައިވާނެ ކަމަށެވެ.
"ދަމަނަވެށީގައި ވަރަށް ކުރީއްސުރެ އަޅުގަނޑުމެން ނަގަމުން އައި ނާސީން ޗާޖު ކިޔާ ޗާޖެއް އިނދޭ. އެއީ ކޮންމެ އޮޕްޝަނަލް ވެކްސިނަކާ އެއްކޮށް އެ ވެކްސިން ޖެހުމުގެ ޗާޖެއްގެ ގޮތުން ކޮންމެ ދިވެއްސެއްގެ އަތުން 10ރ އަދި ބިދޭސީންގެ އަތުން 20ރ. ނަގަމުން އައިސްފައިވާނެ. ނަމަވެސް އެކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން އަޅުގަނޑު މިހާރު ވާނީ ހެލްތު މިނިސްޓްރީގެ ފިނޭންސަށް ލިޔެފައި ދަމަނަވެށިން އެ ސާވިސް ޗާޖު ނަގަން ބޭނުން ނުވާ ކަމަށް،" ޝަހުރާބު ވިދާޅުވިއެވެ.
ޝަހުރާބު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް ހޮސްޕިޓަލެއްގައި ނުވަތަ ފެސިލިޓީއެއްގައި ނާސިން ޗާޖު ކިޔާ ޗާޖެއް ނުނަގާ ކަމަށެވެ.
މީގެ އިތުރުން ޝަހުރާބު ވިދާޅުވީ، ވެކްސިން ޖެހުމަށް ދަމަނަވެށިން އެއްވެސް ފައިސާއެއް ނުނަގާނެ އިންތިޒާމު މި ހަފުތާ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު