އައިޖީއެމްއެޗް އިން 11 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބާއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ނަޒީމް ވިދާޅުވީ، އިންޑޮނޭޝިއާ މީހާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވުމުން އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންގެންދާ ކަމަށެވެ. އަދި އައިޖީއެމްއެޗުން މިހާތަނަށް 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފަސް ބަލި މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"އޭގެ އިތުރުން ހަތަރު ސްޓާފުން އަދި މިހާރު އިތުރަށް ދެން ޕޮޒިޓިވްވީ ހަތަރު ޕޭޝަންޓުންގެ ދެ ރިލޭޓިވްއިން. އެހެންކަމުން ޖުމްލަ 11 މީހުންނަށް ކޮވިޑް ޕޮޒިޓިވްކޮށް މި ފާހަގަކުރެވުނީ،" ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ.
ޑރ. ނަޒީމް ވިދާޅުވީ ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ހެދިފައިވާ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ޑީއެޗް 11އަށް ބަދަލުކުރެވިފައިވާ ކަމަށާއި ދެމީހަކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒީމް ވިދާޅުވިއެވެ.
އައިޖީއެމްއެޗުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން 27 މުވައްޒަފަކު ހޯމް ކަރަންޓީނަށް ބަދަލުކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑޮނޭޝިއާ މީހާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއިން އިއުލާނުކުރުމަށް ފަހު ފަހުން ބުނެފައިވަނީ އެގޮތަށް އިއުލާނު ކުރެވުނީ އޮޅުމަކުން ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެޗްޕީއޭ އިން ނިންމާފައިވަނީ އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު