ސްކޫލެއްގެ މެނޭޖްމަންޓުގެ އިސް ބޭފުޅަކު ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިން އިން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނީ ތިން މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލެއްގެ ސީނިއާ މެނޭޖުމެންޓުގެ ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަކީ މި ހަފުތާ ތެރޭގައިވެސް ސްކޫލަށް ގޮސް އުޅުނު މީހެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް ފާހަގަކުރެވިފައިވަނީ ތިން މީހުން ކަމަށެވެ.
"މިހާތަނަށް ކޮންޓެކްޓް ޓްރޭސިންއަށް ތިން މީހަކު ފާހަގަކުރެވިފައިވަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އޭނާގެ ކޮންޓެކްޓުން މަދުއިރު، ސްކޫލަށް ގޮސް އުޅުމުގެ ތެރޭގައިވެސް އޭނާ އުޅެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހުރަވީ ސްކޫލުގެ ޕްރިންސިޕަލްއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު