އޮންލައިންކޮށް ވިސާ ފީ ބަލައިގަތުމުގެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މުއައްސަސަސާއަކީ ވިސާއާ ގުޅުންހުރި އެކިއެކި ކަންކަމުގައި، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަ ތަނެއް ކަމަށާއި އެހެންކަމުން ކޮވިޑް 19އާ ގުޅިގެން އާ އާންމު ހާލަތަށް ރުޖޫއަވެ، ހިދުމަތް ފޯރުކޮށްދިނުމަށާއި ބަލި ފެތުރުން މަދުކުރުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ހިދުމަތްތައް، އޮންލައިންކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމި ނިންމުމާއެކު މާދަމާއިން ފެށިގެން ވީސާ ފީ ބަލައިގަތުމަށްވެސް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެ މުއައްސަސާގެ ފޯނު ނަންބަރު 9199153 (ވޯކް ވީސާ ހޮޓްލައިން)އަށް ގުޅުމަށް އިމިގްރޭޝަނުން އެދެއެވެ.