ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް ދިވެހި މުވައްޒަފުންތަކެއް ރަހީނުކޮށް، ހިންގާ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ސިފައިން ތައްޔާރުވާން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ އިތުރު ޓީމަކާއި ސިފައިންގެ ޓީމެއްވެސް އެރަށަށް ދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަަވެސް ފުލުހުންނާއި ސިފައިންނަށް އެރަށަށް ދެވޭނެ ސީދާ އިރެއް ސާފުވެފައެއް ނުވެއެވެ.
ފުލުހުން ބުނީ، އެ ރިސޯޓުގައި ތިބީ 200 ބިދޭސީންނާއި 15 ދިވެހިން ކަމަށެވެ. އަދި ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބިދޭސީން ވަނީ އެރަށުގައި ތިބި 15 ދިވެހިން ރަހީނުކޮށްފައެވެ.
ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށްވެސް އަނިޔާވެ އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު