މުނިފޫހިފިލުވުން

ސުޝާންތު މަރުވިއިރު 3 ފިލްމެއް ކުޅެން ސޮއިކޮށް ފައިސާ ނަގާފައިވާކަމަށް ރިޕޯޓު ކޮށްފި

އީމާ މުހައްމަދު ވަހީދު

ސުޝާންތު ސިންގުރާޖުޕުތު މިމަހުގެ 14 ވަނަ ދުވަހު އަމިއްލަޔަށް މަރުވިއިރު، ޔާޝް ރާޖު ފިލްމުސް އާއިއެކު 3 ފިލްމެއް ކުޅެން ކޮންޓްރެކްޓް ހަދާފައިވާ ކަން ހާމަވެއްޖެއެވެ.

އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ސުޝާންތު މަރުވިއިރު، 3 ފިލުމެއް ކުޅެން ޔާޝްރާޖު ފިލްމްސް އާއިއެކު ކޮންޓްރެކްޓް ހަދާފައިވާ ކަމަށާއި، އެތަނުން އެއް ފިލްމަށް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި އޭނާއަށް 30 ލައްކަ އިންޑިއަން ރުޕީސް ދީފައިކަމަށެވެ.

ދެވަނައަށް އޭނާ ކޮންޓްރެޓް ހަދާފައި ވަނީ ޑިޓެކްޓިވް ބަޔޮމޭޝް ބަކްޝީ ކުޅޭށެވެ. އެފިލްމު ކުޅުމަށް އޭނާއަށް 1 ކްރޯޑް އިންޑިއަން ރުޕީސް ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސުޝާންތު ސިންގުރާޖުޕުތު މަރުވިއިރު، އޭނާގެ އުމުރަކީ 34 އަހަރެވެ. އިންޑިއާގެ ބިހާރު ފުލުހުން ދަނީ ސުޝާންތުގެ މަރުގެ މައްސަލަ ތަހ\ުގީގު ކުރަމުންނެވެ. އެގޮތުން މިހާތަނަށް ފުލުހުން ވަނީ ސުޝާންތާއި ގުޅުންހުރި ގިނަ ބައެއްގެ ބަޔާންވެސް ނަގާފައެވެ.