ބ. އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފައެވެ.
އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޓީސީސީން މިއަދު ބުނީ، އޭދަފުށީގެ ބައެއް މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަގުގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތާއި ދުވާރު ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެ ޕްރޮޖެކްޓްގެ ދަށުން މަގުބައްތިތައް ޖެހުމާއި މަގުތަކުގައި ސްޕީޑް ބްރޭކާސް ބެހެއްޓުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.