ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ސާފް ސުޒުކީ ކަޕް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފިއެވެ.
މިއަހަރުގެ މުބާރާތް ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ 19-30 ށެވެ. ނަމަވެސް ސާފް އިން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއެކު ހޯމަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވަނީ މިއަހަރުގެ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ މުބާރާތް ބާއްވާނެ ތާރީހެއް ސާފް އިން އަދި ނުނިންމައެވެ.
މުބާރާތް ބާއްވާނެ ސީދާ ތާރީހެއް ދެން އޮންނަ ބައްދަލުވުމެއްގައި އިއުލާނު ކުރައްވާނެ ކަމަށް މި މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައިވާއިރު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އިންޑިއާ އިން ވަނީ ހަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި ބަންގްލަދޭޝް އާއި އަފްގާނިސްތާނުން ވަނީ މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް އެންމެ ފަހުގެ ޗެމްޕިއަން އަކީ ދިވެހިރާއްޖެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު