ދުނިޔެ

ޗައިނާއިން އަނެއްކާވެސް ނުރައްކާތެރި ވައިރަސްއެއް ފެނިއްޖެ

މުހައްމަދު އައުޒަމް

3

ޗައިނާއިން އަނެއްކާވެސް ނުރައްކާތެރި ވައިރަސްއެއް ފެނިއްޖެއެވެ.

މިފަހަރު ޗައިނާއިން ފެނިފައިވާ ވައިރަހަކީ މީގެ ކުރިން 2009 ވަނަ އަހަރު ފެންނަން ފެށި އޫރު ރޯގާއާ އެއް ގޮތް ވައިރަހެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޖީ4 އީއޭ އެޗް1އެން1 ނަމުން ނަންދީފައިވާ މި ވައިރަސްގެ ނުރައްކާ ބޮޑުވެދާނެކަމުގެ ބިރު އެބައޮތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް މި ވައިރަސް ފެތުރިދާނެކަމަށް ދިރާސާއިން ވަނީ ދައްކައިފައެވެ.

ޗައިނާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް ޕްރިވެންޝަން އާއި އެގައުމުގެ ސައިސްވެރިން ވަނީ އޫރުން 30،000 އަށްވުރެ ގިނަ ސާމްޕަލް ނަގައި ތަހުލީލު ކޮށްފައެވެ. އަދި މި ވައިރަސް އެގައުމުގައި 2016 އިން ފެށިގެން އުޅޭކަމަށް ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ މި ޓީމުން ވަނީ އޫރު ގެންގުޅޭ ތަންތަނުގައި އުޅޭ ކޮންމެ ދިހަ މީހަކުން އެކެއްގެ ސާމްޕަލް ނަގައި ޓެސްޓު ކޮށްފައެވެ. ޓެސްޓު ކުރި މީހުންގެ ލެއިން ވައިރަހުގެ އަސަރު ފެނިފައިވާ ކަމަށް ވަނީ ހާމަވެފައެވެ. މިއާއެކު މިޓީމުން ވަނީ ވައިރަސް އިންސާނުންގެ ގައިންގަޔަށް ފެތުރުމުގެ ފުރުސަތު އޮތްކަމަށް ހާމަކޮށްފައެވެ.