ބޮލީވުޑް

އާމިރު ހާންގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް، މަންމަ ޓެސްޓް ކުރަނީ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ހާންގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، އާމިރް ހާންގެ މަަންމަ ބައްޔަށް ޓެސްޓް ކޮށްފައިވާ ކަމަށް ބުނެފިއެވެ.

އާމިރު ހާން ބުނީ އޭނާގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މުވައްޒަފު ވަނީ ވަގުތުން ކަރަންޓީނު ކޮށްފައި ކަމަށެވެ. މީގެ އިތުރުން އާމިރު ބުނީ ގޭގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ގޭގައި އުޅޭ އެންމެންގެ ތެރެއިން މަންމަ ނޫން އެހެން އެންމެން ވަނީ ބައްޔަށް ނެގެޓިވް ވެފައި ކަމަށެވެ. މަންމަގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އާމިރު ހާން ވަނީ ބިރުހަންމުމްބާއި މުނިސިޕަލް އިން ބަލި ޖެހުނު މީހާގެ ހާލު ބަލަމުން އަންނަ ގޮތަށް ތައުރީފް ކޮށް ޝުކުރު އަދާކޮށްފައެވެ.

ބޯނީ ކަޕޫރުގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފަކުވެސް މީގެ ކުރީން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އެގޭގައި އުޅޭ އެހެން އެންމެންގެ ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.