ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ހޮސްޕިޓާ އިންޑިއާގައި ހުޅުވައިފިއެވެ.
ހަލުވިކަމާއެކު އިންޑިއާގައި ފެތުރެމުންދާ ކޮވިޑް 19ގެ ބިރު ބޮޑުވެ ބަލިމީހުންނަށް ބޭނުންވާ ވަރަށް ޖާގަ ނުލިބުމުގެ ސަބަބުން އެގައުމުގައި އަލަށް މި ހުޅުވީ 10،000 އެނދުގެ ހޮސްޕިޓަލެކެވެ.
ސަރުދާރު ޕަޓޭލް ކޮވިޑް ކެއާ ސެންޓަރ ގެ ނަމުގައި ހުޅުވާފައިވާ މި ފެސިލިޓީގެ އެއްބައިގައި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދޭއިރު މިބައިގައި 2000 އެނދު ހިމެނެއެވެ.
ދިއްލީގައި ހުޅުވި މިފެސިލިޓީގެ 10،000 އެނދުގެ ތެރެއިން 2،000 އެނދު މައި ހޮސްޕިޓަލުގައި ބޭނުންކުރާއިރު ބާކީ ހުރި 8،000 އެނދު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދިއްލީގެ ޗަޓާޕޫރް އޭރިއާގައެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް އާއި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކަޖްރިވާލް ވަނީ މި ފެސިލިޓީ ބައްލަވައިލައްވައިފައެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު ވަނީ މިި ފެސިލިޓީގެ ސަބަބުން ދިއްލީގައި ކޮވިޑަށް ފަރުވާ ދިނުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ވިދާޅުވެފައެވެ. އިންޑިއާގައި މިހާތަނަށް ފަސްލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެގައުމުން 16 ހާހަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ