އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފިއެވެ.
އިސީން މިއަދު ބުނެފައިވަނީ އެ ޕާޓީ ޖޫރިމަނާކުރީ، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ނުބަލަހައްޓާތީ ކަމަށެވެ. އެހެންކަމުން އެ ޕާޓީ 25،000 ރުފިޔާއިން މިއަދު ވަނީ ޖޫރިމަނާކޮށްފައެވެ.
އެކަމާ ގުޅޭގޮތުން އީސީގެ ވެބްސައިޓުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ އަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީ ޖޫރިމަނާކުރީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މިދިޔަ މަހު ހައެއްގައި ހުށަހެޅިއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީން ކޮށްފައިވާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީއެވެ.
ސިޔާސީ ޕާޓީތަކުން ކުރާ ހުރިހާ ހަރަދުތައް ތަފްސީލާއެކު ބެލެހެއްޓުމަކީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމެކެވެ.
އީސީން ބުނީ 2024 ވަނަ އަހަރު އަދާލަތު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ ކަންކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
މިވަގުތު 6،000 އަށްވުރެ ގިނަ މެމްބަރުން ދަފުތަރުގައި ތިބި އަދާލަތު ޕާޓީން މާލީ ބަޔާން ހުށަނާޅައިގެން ވެސް މިދިޔަ ޖުލައި މަހު އެ ޕާޓީ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކުރިއެވެ.
އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ކޮމެންޓް