‏ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން އިއްޔެ ބުނީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެ އައި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ކަމަށެވެ.

އެގޮތުން އޭނާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ ދަބަހުން 560 ގްރާމްގެ އެމްފެޓަމައިން‏ ވަނީ ފެނިފައެވެ.