ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެބެއިން ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަނިކޮށްކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ މިއަދު ޝާއިއުކޮށްފައިވާ ހަބަރުގައިވާ ގޮތުން، މިދިޔަ ބުދަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނަކީ ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރޭޝަންގައި ދުވާފަރު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު، ކަބީލާއާގެ، ހާޖަރާ މާއިސާ އަލީ (26އ) އާއި ރ. ދުވާފަރު، ދަފްތަރު ނަންބަރު 0235، އަބްދުﷲ އަލީ (33އ) އެވެ. އެ ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެމީހުންނެވެ.
ދުވާފަރުގެ އިތުބާރުކުރެވޭ މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތުދެއްވި ގޮތުގައި އެ ދެބެއިން ގެސްޓްހައުސެއްގެ ތެރެއިން ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަނިކޮށެވެ. މީގެ ކުރިން ވެސް އެ ދެމީހުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހާޖަރާ މާއިސާ އަލީ ހަތް ދުވަހަށް އަދި އަބްދުﷲ އަލީ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޖިންސީ ގުޅުން ހިންގުމުގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވާ އިރު، މަސްތުވާތަކެތީގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު
ކޮމެންޓް