ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލެވެ.
އައިމަން މިއަދު ހައްޔަރުކުރިކަން ފުލުހުން ވަނީ މީޑިއާތަކަށް މިރޭ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝާހިދު، 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް