ތިން އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލުމަަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގައި، ހުކުމްކުރީ، ހއ. ހޯރަފުށި ހުދުހުދާގެ މުހައްމައު ނާއިޝް އާދަމްގެ މައްޗަށެވެ.
މި މައްސަލައިގައި ބުނެފައިވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެކި ދުވަސް މަތިން ތިން އަހަރުގެ ކުޑަކުއްޖަކާއެކު އޭނާ ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، މި މައްސަލައިގައި އޭނާ ބަންދުގައި ހުރި މުއްދަތު އުނި ކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 18 އަހަރާއި ހަތް މަހާއި 28 ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
އެސްޓީއޯ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް