ޓްރެއިނިން ސެޝަނެއްގެ ތެރެއިން ކުއްލިއަކަށް ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެ ކްލަބުގެ ބޯޑު މެމްބަރު މެކްސް އެބާލް ވިދާޅުވެއްޖެއެވެ.
ބެލްޖިއަމްގެ ކޯޗު ކޮމްޕެނީ ހާލު ދެރަވެގެން ވެއްޓުނީ ބަޔާންގެ ރިޒާވް ޓީމުގެ ތަމްރީނުތަކެއްގައި ހުއްޓައެވެ. ބަޔާނުން ބުނީ އޭރު ކޮމްޕެނީ ދިޔައީ ދެވަނަ ޓީމުގެ ތަމްރީނުތަކުގައި ސީދާ ބައިވެރިވަމުން ނޫން ކަމަށާއި، އެ ތަމްރީނުތައް ބަލަމުން ކަމަށެވެ. އޭގެ އިތުރުން އެ ކްލަބުން ބުނީ މިދިޔަ ހަފުތާގެ ތެރޭގައި ކޮމްޕެނީއަށް ސީނިއާ ޓީމުގެ ބައެއް ތަމްރީނުތައްވެސް ގެއްލުނު ކަމަށާއި، އެއީ ވައިރަހަކަށް ފަރުވާ ކުރަމުންދާތީ ކަމަށެވެ.
ބަޔާނުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ކޮމްޕެނީ ހާއްސަ ޓެސްޓްތަކެއް ހަދަމުންދާ ކަމަށާއި، ގެންގޮސް އެއް ދުވަސް ފަހުންވެސް ހާލު ސްޓޭބަލް ކަމަށެވެ.
ބަޔާނުން ބުނީ ކޮމްޕެނީއަށް ދިމާވީ މެނިންޖެއަލް އިރިޓޭޝަންއެއް ކަމަށާއި، މިހާރު ހާލު ރަނގަޅު ކަމަށެވެ. ކޮމްޕެނީ މަސައްކަތަށް ނުކުންނާނެ ސީދާ ތާރީހެއް އަދި ބަޔާނުން ހާމަކޮށްފައި ނުވާ އިރު، އެ ކްލަބުން ބުނީ މިހާރު އޭނާ ދަނީ ބޭސް ކަމުން ކަމަށެވެ. އަދި ދުވަސްކޮޅެއް ވަންދެން ރެސްޓް ކުރާނެ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
ބަޔާނުން އެންމެފަހުން ކުޅުނު މެޗުގައި އެޓީމަށް އިރުޝާދު ދިނީ އޭރޮން ޑޭންކްސްއެވެ. އެއީ އެސިސްޓެންޓް ކޯޗެވެ. ބަޔާނުން ވަނީ އެސިސްޓެންޓް ކޯޗާއެކުވެސް ލީގުގައި އެންމެފަހުން ފްރައިބާގާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން މޮޅުވެފައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ކޮމެންޓް