ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މިބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވައިފައެވެ. މި ބިލް މަޖިލީހަށް ހުށަހަޅުއްވާނީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތައާރަފުކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.
ނުކުޅުދުންތެރިކަން ހުންނަ ކުދީންގެ ތެރެއިން، ސްކޫލަށް ހާޒިރު ވެ ތައުލީމު ހާސިލު ނުކުރެވޭ ކުދީންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތައުލީމު ދެވޭނެކަމަށެވެ.
މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި، މަދަރުސީ ތައުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމަށާއި، އެނޫންވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ހިމެނެއެވެ.
ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި، ސްކޫލް ގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދީންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ބިލުގައި ތައުލީމީ ގާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެއެވެ.
އިބްރާހިމް ޒަކީ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ކޮމެންޓް