އީރާނާއެކު އެއްބަސްވުމަކަށް އައުމާ ނުވަތަ އެ ގައުމުގެ ކަންތައް އެއްކޮށް ނިންމާލުމާ މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސްގެ "ސަންޑޭ މޯނިންގ ފިއުޗާސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމެއް ހައްދަވާނީތޯ ނުވަތަ އެ ގައުމުގެ ކަންތައް އެއްކޮށް ނިންމަވާނީތޯ ކަނޑައެޅުއްވުމަކީ މިހާރު ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ނޮވެންބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބަށް ނުވަ ދުވަހަށް ވެފައި ވަނިކޮށެވެ. މީގެ ކުރިން ހުކުރު ދުވަހުފްލޮރިޑާގެ ފޯޓް މަޔާސްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައިވެސް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަނަށް އިޝާރާތްކުރައްވައި، ކުޑަ "އެޕިކް ފިއުރީ" އޮޕަރޭޝަނެއް އަލުން ހިންގައިފާނެ ކަމަށް ނުވަތަ އީރާނުން އެއްބަސްވުމަކަށް އަންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އީރާނާއެކު ހަދާ އެއްބަސްވުމެއްގެ ވަކި ޝަރުތުތަކެއް ނުވަތަ އަޅާނެ ވަކި ފިޔަވަޅުތަކެއްގެ ތަފުސީލެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް 8 މަސް ފުރެން ކައިރިވެފައިވާއިރު، ތެލާއި ތަކެތީގެ އަގު އުފުލުމަކީ އިންތިހާބުގައި ވޯޓުލާ މީހުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
އިއްޔެ މިޝިގަންގެ ޕޯޓް ހިއުރަންގައި ގާތްގަނޑަކަށް 5،000 މީހުންގެ ކުރިމަތީގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަށް އަސްކަރީ ހަމަލާދޭން ނިންމެވި ނިންމެވުމާ މެދު އެއްވެސް ވަރަކަށް ދެވަނަ ވިސްނުމަކަށް ވަޑައިނުގަންނަވާ ކަމަށެވެ. މީގެ ކުރިން އޮކްޓޯބަރު 8 ގައި ޓްރަމްޕް ވިދާޅުވެފައިވަނީ ނޮވެންބަރު 3 ގެ އިންތިހާބުގެ ކުރިން އީރާނަށް އަލުން އަސްކަރީ ހަމަލާއެއް ދިނުމަށް އަމުރު ނުކުރައްވާނެ ކަމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް